logoEN
cocacola
ވެމްކޯއިން ކުޅުދުއްފުށީ ގެތަކުން ކުނި ނެގުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ވެމްކޯއިން ކުޅުދުއްފުށީ ގެތަކުން ކުނި ނެގުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

އަލްފާ އަލީ

logo

3/22/2024, 8:57:07 AM

# ވެމްކޯ

-

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުޅުދުއްފުށި ސިޓީގެ ގެތަކުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޮސިޔާ

ވެމްކޯއިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީއަށް ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެހެންކަމުން ކުނި ނެގުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ.

ވެމްކޯގެ މި ހިދުމަތަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީކޮށްލެވޭނެ އެވެ. ކުޅުދުއްފުށިން ހިދުމަތް ބޭނުންވާ ފަރާތްތަކުން އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރުމަށް އެކުންފުނިން ވަނީ އެދިލައްވާފައެވެ.

ރަޖިސްޓްރީ ކުރުމާއި އެކުފުނިން ދޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ކުޅުދުއްފުށީގެ ގޭބިސީތަކަށް ޒިޔާރަތްކޮށް ގޭގެ ވެރިފަރާތުން ބޭނުންވެއްޖެނަމަ ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ކުޅުދުއްފުށި ސިޓީގެ ގެތަކުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީކުރަން ހުޅުވާލި އިރު، ތިނަދޫގެ ގެތަކުންވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ވަނީ ހުޅުވާލާފައެވެ. މި ދެރަށަކީވެސް ވެމްކޯގެ އޮޕަރޭޝަންސް ފެށުމަށް ތައްޔާރުވަމުން އަންނަ ދެރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ