އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ފީފާއާއި އޭއެފްސީއިން އަންގައިފި
އަހުމަދު ޝުރާއު
3/21/2024, 5:52:27 PM
ފީފާގެ ރައީސް އާއި އެފްއޭމްގެ ރައީސް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް, އެފްއޭމްގެ އިންތިހާބު މަޑުޖައްސާލަން ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭްއެފްސީއިން އެފްއޭމްއަށް އަންގައިފި އެވެ.
މިކަން ހާމަކުރެއްވީ އެފްއޭމްގެ އެކްޓިންގ ޖެނެރަލް ސެކެޓްރީ މުހައްމަދު ޖައިޝަން ސައީދު އެވެ.
ޖައިޝަން ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފީފާ އަށް އެފްއޭއެމް އާއި ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ އިދާރާ އާއި އޭއެފްސީގެ އެންގުމުގެ މަތިން، މިހާރު ކުރަމުން އަންނަ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.
އަދި ފީފާއާއި އޭފްސީ އިން ކުރިޔަށް ގެންދާ ތަހުގީގުތަކަށް އެފްއޭމްެއިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން ޖައިޝަން ދެއްވި އެވެ.
އެފްއޭމްގެ އިންތިހާބު ބާއްވަން ތާވަލުކުރީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. މިއީ އެފްއޭމްގެ އިންތިހާބު މަޑުޖައްސާލަން ފީފާއާއި އޭފްސީއިން އެންގި ދެވަނަ ފަހަރު އެވެ. އެގޮތުން މީގެ ކުރިން، އެފްއޭއެމް އިން 31 ޖެނުއަރީގައި ބާއްވަން އުޅުނު އިންތިހާބުގެ ކަންކަން ވެސް ހުއްޓާލަން ޖެހުނީ، ފީފާ އާއި އޭއެފްސީން އެންގުމުންނެވެ.
އަލިފާންގޮހޮރު
އެހެނތާ ވާނީ ތަތްލަވާ ތަވާ މުޅި އެފް އޭ އެމް ބަނޑުއަޅާލައިގެން އަދިވެސް އެތަނުން ނެއްޓެން ނޭނގިގެން އެބައުޅޭވިއްޔާ