މައިލޯ ކޭކު
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް ގެނެސްދޭ ރެސިޕީ ނޫހުގައި ޝާއިރުކުރާނީ މެންދުރުގެ ވަގުތުގައި އެވެ.
މިއަދުގެ ރެސިޕީއަކީ މައިލޯ ކޭކު އެވެ.
ބޭނުންވާ ތަކެތި:
- 125ގ ބަޓާރ
- 50ގ ހަކުރު
- 195ގ ފުއް
- 2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
- 150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
- 1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
- 3 ބިސް
- 120މލ މިލްކް
ތައްޔާރުކުރާނެ ގޮތް:
މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ.
ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ.
އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނިކޮށްލުމުން މި ހުރީ މައިލޯ ކޭކް ތައްޔާރުވެފައެވެ.
މިއީ މައިލޯއަށް ލޯބި ކުރާ ހުރިހާ ފަރާތްތަކަށްވެސް ކަމުދާނެ ކޭކެއް ކަމަށް އުންމީދުކުރަމެވެ.