logoEN
cocacola
 ކަރަންޓް އިގްތިސާދު ކުރަން އިލްތިމާސްކޮށްފި

ކަރަންޓް އިގްތިސާދު ކުރަން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

3/20/2024, 6:14:55 PM

# ސްޓެލްކޯ

ސްޓެލްކޯ

މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

މިކަން ހާމަކުރައްވައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހްމީ މިރޭ އެކްސްގައި ކުރެއްވީ ޕޯސްޓެއްގައި ވިދާޅުވީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސް މަހަށް ވުރެ އިތުރު މަހަކަށް ވުމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އެވްރެޖް މަސްތަކަށްވުރެ މިހާރުވެސް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ ފަހްމީ ވަނީ ސްޓެލްކޯގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އެވްރެޖް މަހެއްގައި ގްރޭޓާ މާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާއިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާކަން ފަހްމީ ހާމަކުރެއްވި އެވެ.

View post on Twitter

މިއާއި އެކު ރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާ ކަމަށް ފަހްމީ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ