
ތުރުކީއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށިއްޖެ
# އެކޮނޮމިކް މިނިސްޓްރީ# ރާއްޖެ - ތުރުކީތުރުކީއާއި އެކު ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފެށުން
ތުރުކީވިލާތާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާކަން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުން ހާމަކޮށްފި އެވެ.

އެމިނިސްޓްރީގެ މިނިސްޓަރ މުހައްމަދު ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެޤައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުންވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ ދެޤައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަންވިޔަފާރީގެ އެއްބަސްވުމެއްއެކުލަވާލުމުގެ މަސައްކަތް ކަން މިނިސްޓަރ ހާމަކުރެއްވި އެވެ.
އެގޮތުން މިއަދު ވަނީ މި މަސައްކަތުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ރާއްޖެއާއި ތުރުކީއާއި ދެމެދު ބާއްވާފައި އެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެކޮނޮމިކް މިނިސްޓްރީއާއި ކަސްޓަމްސްގެ އޮފިޝަލުން ބައިވެރިވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީވިލާތަށެވެ. އެގޮތުން އެގައުމާއި ޜާއްޖެއާއި ދެމެދު އެދަތުރަށްފަހު ގުޅުންތައް ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު ދާދި ފަހުން ރާއްޖޭގެ އަސްކަރިއްޔާއަށް އަސްކަރީ ޑްރޯންވެސް ފޯރުކޮށްދިނީ އެގައުމުންނެވެ.
ގުޅުންހުރި

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ޚާއްސަ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި

ފުރަތަމަ ފަހަރަށް ތުރުކީގެ ދިވެހި އެމްބަސީއެއް ހުޅުވައިފި
