
-
އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްތަކާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ތިލަމާލެ ބްރިޖު މަސައްކަތުގެ 35.53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި ބްރިޖްގެ މަސައްކަތް ހުރީ ޝެޑިއުލަށްވުރެ ކުރީގައި ކަމަށް ވަޒީރު މުއްތަލިބު ވިދާޅުވި އެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.








