logoEN
cocacola
ސްޓެލްކޯގެ އިސްވެރިން ތޮއްޑޫއާއި ރަސްދޫއަށް ޒިޔާރާތްކޮށްފި

ސްޓެލްކޯގެ އިސްވެރިން ތޮއްޑޫއާއި ރަސްދޫއަށް ޒިޔާރާތްކޮށްފި

އަހުމަދު ޝުރާއު

logo

3/19/2024, 5:17:09 PM

# ސްޓެލްކޯ

ސްޓެލްކޯގެ އިސްވެރިން ތޮއްޑޫގައި

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި ސްޓެލްކޯގެ އިސްވެރިން އއ ތޮއްޑޫއާއި ރަސްދޫއަށް ޒިޔާރާތްކޮށްފި އެވެ.

ގޮސިޔާ

ސްޓެލްކޯއިން ބުނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުުސެއިން ފަހުމީ އާއި، ކުންފުނީގެ ބައެއް އިސްވެރިން މިއަދު ތޮއްޑޫއާއި ރަސްދޫއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދަތުރުގެ ތެރެއިން ތޮއްޑޫ އާއި ރަސްދޫގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، އެ ދެ ރަށުގެ ތަރައްޤީއަށް އެކުންފުނިން ހިއްސާވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެދެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލު ކުރައްވާ އެކުންފުނީގެ އިސްވެރިން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

View post on Twitter

މީގެ އިތުރުން ތޮއްޑޫއާއި ރަސްދޫ އިންޖީނުގެއާއި، ފެންޕްލާންޓް ބައްލަވާލައްވާ، އެ ތަންތަނުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި ބަައްދަލުކުރައްވާ، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރިވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

View post on Twitter

ތޮއްޑޫ އާއި ރަސްދޫގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިން ނެވެ

ސްޓެލްކޯއާއި އައު އެމްޑީ ފަހުމީ ހަވާލުވެވަޑައިގެންނެވި ފަހުން އެކުންފުނީގެ މަސައްކަތްތަކަށް ރަނގަޅު ބަދަލުތަކެއް ވަނީ ގެނެސްފައި އެވެ. އަދި އެ ކުންފުނިން ހިދުމަތްދޭ މަރުކަޒުތަކަށް ސިލްސިލާކޮށް ގެންދަވަނީ ޒިޔާރާތްކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ