logoEN
cocacola
ރޯދަ މަހު ފަހު 10 އާއި އީދާއި ދިމާކޮށް މޯލްޑިވިއަންއިން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަނީ

ރޯދަ މަހު ފަހު 10 އާއި އީދާއި ދިމާކޮށް މޯލްޑިވިއަންއިން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަނީ

އަހުމަދު ޝުރާއު

logo

3/19/2024, 2:13:55 PM

# މޯލްޑިވިއަން

މޯލްޑިވިއަން

ރަމަޟާން މަހުގެ ފަހު 10 އާއި ފިތުރު އީދާއި ދިމާކޮށް މޯލްޑިވިއަންއިން ދަތުރުކުރާ 5 މަންޒިލަކަށް އިތުރު ފްލައިޓްތަކެއް ބޭއްވުމަށް އެކުންފުނިން ނިންމައިފި އެވެ.

ގޮސިޔާ

މޯލްޑިވިއަންއިން މިއަދު ބުނީ އެކުންފުނިން ދަތުރުކުރަމުން އަންނަ 5 މަންޒިލަކަށް އީދާއި ރޯދައިގެ ފަހު 10 އާއި ދިމާކޮށް މިހާރު ކުރަމުން އަންނަ ޝެޑިއުލްދަތުރުތަކުގެ އިތުރުން އިތުރު ދަތުރުތަކެއް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ދަތުރުތައް ކުރުމަށް ހަމަޖެހިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

View post on Twitter

އިތުރު ދަތުރުތަކުގެ ތަފްސީލް:

  1. 28 މާޗު : މާލެ - ކުޅުދުއްފުށި - މާލެ
  2. 29 މާޗު : މާލެ - ފުނަދޫ - މާލެ
  3. 30 މާޗު : މާލެ - މާވަރުލު - މާލެ
  4. 11 އޭޕްރިލް : މާލެ - މާވަރުލު - މާލެ
  5. 12 އޭޕްރިލް: މާލެ - ފުނަދޫ - މާލެ
  6. 13 އޭޕްރިލް : މާލެ - ކުޅުދުއްފުށި - މާލެ
  7. 13 އޭޕްރިލް: މާލެ - ފުވައްމުލައް - މާލެ
  8. 13 އޭޕްރިލް: މާލެ - ހަނިމާދޫ - މާލެ

View post on Twitter

މީގެ އިތުރުންވެސް އިތުރު މަންޒިލްތަކަށްވެސް އީދާއި ދިމާކޮށް ދަތުރުތައް ބޭއްވުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުން ވަކި ގަޑިތަކެއްގައި ބާއްވާ ޝެޑިއުލް ދަތުރުތަކުގެ އަގު އެކުންފުނިން ވަނީ ހެޔޮކޮށްފައެވެ. އައިލެންޑް އެވިއޭޝަނުން ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.

ޓިކެޓު ޔަޤީންކުރުމަށް ދުރާލާ ބުކިންގ ހެއްދުމަށް އެކުންފުނިން ބާރު އަޅައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އަމާޒަކީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލަކަށްވެސް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ