logoEN
cocacola
އޭސީސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފި , މިދިޔަ އަހަރު 742 މައްސަލަ ރަޖިސްޓްރީކުރި!

އޭސީސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފި , މިދިޔަ އަހަރު 742 މައްސަލަ ރަޖިސްޓްރީކުރި!

އަހުމަދު ޝުރާއު

logo

3/19/2024, 1:54:51 PM

# އޭސީސީ

އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފި އެވެ.

ގޮސިޔާ

އޭސީސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އެކޮމިޝަނުން އާންމުކުރީ މިހިނގާ މާޗު މަހުގެ 14 ދުވަހު އެވެ. މިރިޕޯޓުގައި، ވޭތުވެދިޔަ އަހަރު ކޮމިޝަނުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ އިތުރުން، ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި، ނިންމި މައްސަލަތަކުގެ ތަފްޞީލު ހިމަނާފައިވާނެއެވެ. އަދި ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތުގެ އިތުރުން ކޮމިޝަނުން ކުރާ ތަޙުޤީޤުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިޞްލާޙުކުރުމަށް އަންގާފައިވާ އެންގުންތަކުގެ ތަފްޞީލު ހިމަނާފައިވެއެވެ.

އަހަރީ ރިޕޯޓުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެތެރެއިން 56% ޝަކުވާ ރަޖިސްޓަރީކުރެވިފައިވެއެވެ. އެގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި، ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ އަދި ކޮމިޝަނުން އިސްނަގައިގެން ބަލަންފެށި މައްސަލަތަކާއި ސްޕްލިޓްކޮށް ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ހިމެނޭހެން ޖުމުލަ 742 މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓަރީކުރެވިފައިވާކަން އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ޕްރިލިމިނަރީ ތަހުޤީޤު މަރުހަލާއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 365 މައްސަލައެއްގެ ޕްރިލިމިނަރީ ތަޙުޤީޤު ހިންގާފައިވެއެވެ. އަދި، ޕްރިލިމިނަރީ މަރުހަލާއިން ނިންމައި އިތުރަށް ތަޙުޤީޤުކުރަން 48 މައްސަލަ އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 66.1% މަދު އަދަދެކެވެ. މި ބަދަލަކީ ތަޙުޤީޤު މަރުހަލާއަށް ދާ މައްސަލަތަކަކީ ބުރަދަންހުރި މައްސަލަތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ތަޙުޤީޤު މަރުހަލާގެ ކުރިއަށް ޕްރިލިމިނަރީ ތަޙުޤީޤެއް ހިންގާ ގޮތަށް ރާވައި، އެގޮތުގެ މަތިން ކުރިއަށް ގެންދިއުމުގެ ނަތީޖާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ވޭތުވެދިޔަ 05 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަޙުޤީޤު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން، ޖުމުލަ 220 މައްސަލަ މި މަރުހަލާގައި ނިންމާފައިވެއެވެ. މީގެތެރެއިން, ދައުވާކުރުމަށް 18 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަކީ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް، ކޮމިޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ދައުލަތަށް އަނުބުރާ ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނުން އިސްނަގައިގެން، އެންގުންތަކުގެ ފޮލޯއަޕް ހެދުމުގެ މަސައްކަތުގެ ތެރެއިން 2023 ވަނަ އަހަރު 15 މައްސަލައެއްގައި ހިމެނޭ ޖުމްލަ 74,159,720.53 ރުފިޔާ (ހަތްދިހަ ހަތަރު މިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް ހަތް ސަތޭކަ ވިހި ރުފިޔާ ފަންސާސް ތިން ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވެއެވެ.

މި މައްސަލަތަކުން ދައުލަތަށް ހޯދަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް، ޖުމްލަ 234,531.57 ރުފިޔާ (ދެ ލައްކަ ތިރީސް ހަތަރު ހާސް ފަސްސަތޭކަ ތިރީސް އެއް ރުފިޔާ ފަންސާސް ހަތް ލާރި) ދައުލަތަށް އަނބުރާ ހޯދިފައިވާ ކަމަށް އަހަރީ ރިޕޯޓުގައި ވެއެވެ.

ކޮމިޝަނުން 2023 ވަނަ އަހަރު ކޮށްފައިވާ ޚާއްސަ މަސައްކަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ދާއިރާއިން ފަންނީ މީހުން ބިނާކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ އުފައްދައި އިފްތިތާޙުކޮށްފައިވެއެވެ. އަދި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ގާއިމުކުރެވިގެން ގޮސްފައިވަނީވެސް ވޭތެވެދިޔަ އަހަރުގެ ތެރޭގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ