logoEN
cocacola
ހުޅުމާލެ އަށް އިތުރު 6 ސްކޫލް ބޭނުންވޭ - މިނިސްޓަރ

ހުޅުމާލެ އަށް އިތުރު 6 ސްކޫލް ބޭނުންވޭ - މިނިސްޓަރ

އަލްފާ އަލީ

logo

3/19/2024, 9:35:15 AM

# ރައްޔިތުންގެ މަޖިލިސް# ހުޅުމާލެ# އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީޢު --

ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް ތައުލީމު ކަށަވަރުކޮށްދިނުމަށް މިހާރުވެސް އިތުރު 6 ސްކޫލް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލިސް މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި އާބާދީ އިތުރުވަމުންދާ ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުންނަނީ އެންމެ ސްކޫލެއް ކަމަށެވެ. އަދި އެ ސަރަހައްދަށް އިތުރު 6 ސްކޫލް ބޭނުންވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުރީ ސަލާހުއްދީން ސްކޫލު އެކަނިކަން ފާހަގަކޮށް އެސުކޫލަށް ވަނުމަށް ގިނަ އަދަދެއްގެ ރިކުއެސްޓް ލިބޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް 800 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާކަން ޝަފީއު ފާހަގަކުރެއްވިއެވެ. އެހެންކަމުން ފޭސް 2ގައި އަދި 4 ސްކޫލް ބޭނުންވާ ކަމަށާއި ފޭސް 1އަށް އިތުރު 2 ސްކޫލް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަން މިނިސްޓްރީން ނިންމި ނިންމުން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، އެއީ އެ ސްކޫލުގައި ކިޔަވާ ކުދިން ގިނަވުމުގެ ސަބަބުން އެކުދިންނަށް ތައުލީމުގެ ޔަޤީންކަން ކަށަވަރުކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމުން ތައުލީމީ ފެންވަރު ރަނގަޅުވެ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދޭން ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ