logoEN
cocacola
ވެމްކޯއިން ތިނަދޫ ގެތަކުން ކުނި ނަގަން ތައްޔާރުވެ، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯއިން ތިނަދޫ ގެތަކުން ކުނި ނަގަން ތައްޔާރުވެ، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

# ވެމްކޯ

-

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތިނަދޫ ސިޓީގެ ގެތަކުން ކުނި ނެގުމަށް ތައްޔާރުވެ، ހިދުމަތަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

ވެމްކޯ އިން ވަނީ ތިނަދޫ ސިޓީގެ ގެތަކުން ކުނި އުކައިދިނުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޮންލައިންކޮށް މި ލިންކް ރަޖިސްޓަރ ކޮށްލެވޭ މި ހިދުމަތަށް އެދުމުގެ ފުރުސަތު އަންނަ އޭޕްރިލް މަހު 20ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ތިނަދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ހަވާލުވެ ހިންގަމުން އަންނަ ވެމްކޯއިން ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރިލް މަސް ނިމުމުގެ ކުރިން ތިނަދޫގައި މި ހިދުމަތް ފެށުމަށް ކަމަށެވެ. އެހެންކަމުން ވެމްކޯއިން އެދިލައްވާފައިވަނީ ލަސްނުކޮށް ވީހާވެސް އަވަހަކަށް އެ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށެވެ.

ތިނަދޫ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯގެ މުވައްޒަފުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތިނަދޫގެ ގޭބިސީތަކުން ރަސްމީކޮށް ކުނި ނެގުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އެގޮތުން ވެމްކޯއިން މިހާރު އަންނަނީ މި ހިދުމަތަށް ތިނަދޫ ރައްޔިތުން ހޭލުންތެރިކުރުވުމަށް ގޭގެއަށް ޒިޔާރަތްކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ