logoEN
cocacola
ހުޅުމާލޭގައި ޖަހާފައި ހުރި ކެމްޕެއިން ޕޯސްޓަރުތަކަކަށް ގެއްލުންދީފި

ހުޅުމާލޭގައި ޖަހާފައި ހުރި ކެމްޕެއިން ޕޯސްޓަރުތަކަކަށް ގެއްލުންދީފި

އަހުމަދު ޝުރާއު

logo

3/18/2024, 5:16:05 PM

# އެމްޑީޕީ

ހުޅުމާލޭގައި ޖަހާފައި ހުރި ކެމްޕެއިން ޕޯސްޓަރަކަށް ބަޔަކު ގެއްލުންދިނުން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެމްޕެއިން ޕޯސްޓަރަކަށް ބަޔަކު ގެއްލުންދީފި އެވެ.

ގޮސިޔާ

ގެއްލުންދީފައިވަނީ ހުޅުމާލެ ހުޅުމާލޭ ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ޝަމްހީދުއަށް ކެމްޕެއިން ކުރުމަށް ހުޅުމާލެ ދެކުނު ދާއިރާގެ ބައެއް ސަރަހައްދުތަކުގައި ޖަހާފައި ހުރި ޕޯސްޓަރުތަކަކަށެވެ.

މި ކަމަމާއި ގުޅިގެން އެމްޑީޕީއިން މިރޭ ބުނީ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ މިޕާޓީގެ މަޖިލިސް20 ކެންޑިޑޭޓް ޑރ. ޝަމްހީދު ގެ ކެންޕެއިންނަށް ހުޅުމާލޭގައި ހަރުކޮށްފައިވާ ކެންވަސްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށާއި މި ފިނޑި އަމަލު އެޕާޓީ އިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

View post on Twitter

އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް އަމާން ކަމާއި އެކު ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުޞަތު އޮންނަންވާނެކަމަށް އެޕާޓީއިން ވަނީ ހާމަކޮށްފައި އެވެ.

ދާދި ފަހުން ބަޔަކު ވަނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ހަސަން ލަތީފުގެ ކެންވަސްތަކަކަށްވެސް ގެއްލުންދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ