logoEN
Sto top
އެމްޕީއެލްގެ އެހީ ފިޔަވައްޗަށް!

އެމްޕީއެލްގެ އެހީ ފިޔަވައްޗަށް!

އަލްފާ އަލީ

logo

3/18/2024, 10:00:28 AM

# އެމްޕީއެލް# ފިޔަވަތި

-

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް މަސްދަޅު ހަދިޔާކޮށްފި އެވެ.

Wamco

އެމްޕީއެލް އިން ބުނީ އެމްޕީއެލްގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން، ރޯދަ މަހާ ދިމާކޮށް ފިޔައްވައްޗަށް 35ކޭސް މަސްދަޅު ހަދިޔާކޮށްފައިވާ ކަމަށެވެ.

އެމް.ޕީ.އެލްގެ ފަރާތުން މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމް.ޕީ.އެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރ އަޙްމަދު ސަލީމް އަދި ޖެނެރަލް މެނޭޖަރ އަލީ ޖައުފަރު މިއަދު ހެނދުނު ފިޔަވައްޗަށް ވަޑައިގަތެވެ. އަދި އެ މަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރެއްވިއެވެ.

އެމްޕީއެލް އަކީ އަބަދުވެސް މިފަދަ އިޖުތިމާއީ އެހީތަކާއި ހަރާކާތްތައް ރާވާ ހިންގަމުން އަންނަ މުއައްސަސާއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside