
ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނާއި އެތަނުގެ މުވައްޒަފުންނަށް މަދަހަ މުބާރާތެއް!
# ފިޔަވަތި# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ--
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ތިބޭ ފިޔަވަތީގައި ތިބި ކުދިންނާއި އެތަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްސަ މަދަހަ މުބާރާތެއް ފަށައިފި އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި މުބާރާތުގެ މަޤްޞަދަކީ ރަމަޟާންމަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫޙު އާލާކޮށް، ދީނަށް ކުރާ ލޯބި އިތުރުކުރުމަށް ބާރުއެޅުން ކަމަށެވެ.
އެގޮތުން މި މުބާރާތް ކުރިއަށް ދާނީ، 6 އަހަރާއި 9 އަހަރާ ދެމެދާއި، 10 އަހަރާއި 14 އަހަރާ ދެމެދާއި، 14 އަހަރުން މަތި، އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީއާއި، މުވައްޒަފުންގެ ބައި ހިމެނޭހެން ޖުމްލަ 5 ކެޓަގަރީއަކަށެވެ.
މިގޮތުން ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލަނީ

"އުފާވެރި ރާސްތާ" ޕްރޮގްރާމް ކ ހުރާގައި!

މިދިޔަ މަހު ފިރިހެނުންނަށް އަނިޔާކުރުމުގެ 4 މައްސަލައެއް!
