logoEN
cocacola
އެސްޓީއޯގެ ޑިރެކްޓަރަކަށްވުމަށް އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި

އެސްޓީއޯގެ ޑިރެކްޓަރަކަށްވުމަށް އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި

އަލްފާ އަލީ

logo

3/18/2024, 9:36:42 AM

# އެސްޓީއޯ

އެސްޓީއޯ --

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޮސިޔާ

އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރަންޖެހެއެވެ.

އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އެ ކުންފުނީގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެހިންނަށެވެ. އަދި ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެސްޓީއޯއިން އެދެއެވެ. އަދި ވީހާ ވެސް ގިނަ އަންހެންނުން ބޯޑުގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވެސް އެކުންފުނިން އެދެއެވެ.

އެސްޓީއޯގެ އާންމު ހިއްސާ ދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 8 އޭޕްރީލް 2024ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެކަމަށް އެދި ހުށަހަޅަން ޖެހެނީ އަށެވެ.

އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ