ގާފު ރެސިޕީ
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް ގެނެސްދޭ ރެސިޕީ ނޫހުގައި ޝާއިރުކުރާނީ މެންދުރުގެ ވަގުތުގައި އެވެ.
މިއަދުގެ ރެސިޕީއަކީ ސްޓްރޯބެރީ ރައިސް ސްޓަފްޑް ޕެޕާރސް އެވެ.
ރައިސް ސްޓަފްޑް ޕެޕާރސް ހެދުމަށް ބޭނުންވާ ތަކެތި:
- 1 ޖޯޑު ހަނޑުލުން ބަތް ކައްކާފައި
- ½ ޖޯޑު ފިޔާ
- 3 ބެލް ޕެޕަރ
- 2 މޭޒުމަތި ސަމުސާ ފެން
- 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
- 450ގ ގްރައުންޑް ބީފް
- 1 ދަޅު ޓޮމާޓޯ ސޯސް
- ½ ސައިސަމުސާ އިޓާލިއަން ސީސަނިންގ
- ½ ސައިސަމުސާ ހަކުރު
- ½ ސައިސަމުސާ ގާރލިކް ޕައުޑަރ
- ½ ސައިސަމުސާ އަނިއަން ޕައުޑަރ
- ލޮނު އަދި އަސޭމިރުސް (ރަހަލާ ވަރަށް)
- 1 ޖޯޑު ޗެޑަރ ޗީޒް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ ކުދިކޮށް ކޮށާލާށެވެ. ދެން ބެލްޕެޕަރ މެދުން ފަޅާލާފައި އޭގެ އޮށްތަށް ނަގާށެވެ. އަދި ޓްރޭއެއްގައި އަތުރާލާށެވެ.
ޓްރޭގެ ތެރެއަށް ފެންކޮޅެއް އަޅާލާފައި 3 މިނިޓް ވަންދެން މައިކްރޮވޭވްގައި ހޫނު ކޮށްލާށެވެ. ދެން އުނދުންމަތީގައި ތެޔޮފޮދު ހޫނުކޮށްލާށެެވެ. އަދި އޭގެތެރޭގައި ބީފް އަދި ފިޔާކޮޅު ކަށްކާލާށެވެ. ދެން އެއަށް ކައްކާފައި ހުރި ބަތްކޮޅު އަޅާލާށެވެ. އެއަށްފަހު ޓޮމާޓޯ ސޯސް, އިޓާލިއަން ސީސަނިންގ, ހަކުރު, ގާރލިކް ޕއަޑަރ, އަނިއަން ޕައުޑަރ, ލޮނު އަދި އަސޭމިރުސް އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ޗީޒް އަޅާލާށެވެ. އަދި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
ދެން ބެލްޕެޕަރ ލޮނު އަދި އަސޭމިރުސް އަޅާފައި ސީސަންކޮށްލާށެވެ. އަދި ކުރިން ހެދި ބަތްކޮޅު ބެލްޕެޕަރ ތެރެއަށް އަޅާލާށެވެ. އަދި މައްޗަށް ތެޔޮކޮޅެއް އަޅާލާށެވެ. އަދި ޓްރޭ ފޮއިލް އަކުން ބަންދު ކޮށްލާށެވެ. 176C ގައި 15 މިނިޓް ފިހެލާފައި ފޮއިލް ނަގާފައި ކުޑަ ޗީޒްކޮޅެއް ބެލްޕެޕަރ ގެ މައްޗަށް އެޅުމަށްފަހު އަލުން އިތުރު 20 މިނިޓެަށް ފިހެލާށެވެ. މިއާއި އެކު މި ކެއުން ހުންނާނީ ތައްޔާރުކުރެވިފައި އެވެ.
ޓިކްޓޮކް ލިންކް: https://vt.tiktok.com/ZSFmf7LH9
މިއީ ތަފާތު އެކި ވައްތަރުގެ ބަތް ކަމުދާ ފަރާތްތަކައް މީރު ކެއުމަކަށް ވެގެންދާނެ އެވެ. ޚާއްސަކޮށް ކުޅިކޮށް ކާހަދާ ފަރާތްތަކަށެވެ.