
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ އިންޑިއާގެ 21 މަސްވެރިން ލަންކާ ސިފައިން އަތުލައިގެންފި
# ސްރީ ލަންކާލަންކާ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްވެރިން
ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސްބޯޓުތަކެއް ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފި އެވެ.

ލަންކާގެ ނޭވީއިން ބުނީ ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް ހަތަށް ޖެއްސުމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ 16 މާޗް 2024 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގައި ކަމަަށެވެ.
މި އޮޕަރޭޝަންގައި ލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ އިންޑިއާގެ 02 މަސްބޯޓު އަތުލައިގަނެ، ޑެލްފްޓް އައިލެންޑް ކައިރިން ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ 21 މަސްވެރިން ހިފަހައްޓާފައިވާ ކަމަށް ނޭވީއިން ބުނެއެވެ.
އަތުލައިގަތް މަސްބޯޓުތަކާއި އިންޑިއާގެ 21 މަސްވެރިން ކަންކެސަންތުރައި ބަނދަރަށް ގެނެސް، އެ ދޯނިތައް މައިލާދީ ފިޝަރީޒް އިންސްޕެކްޓަރާ މިހާރު ވަނީ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ހަވާލުކޮށްފައި އެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްބޯޓުތައް ހިމެނޭގޮތަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ މިއަހަރުގެ މިހާތަނަށް އިންޑިއާގެ 18 މަސްބޯޓު ހިފަހައްޓައި، އިންޑިއާގެ 164 މަސްވެރިން ހިފަހައްޓާފައެވެ.
ގުޅުންހުރި

ލަންކާގެ ކަނޑުގެ ސަރަހައްދުން 800 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު މަސްބޯޓެއް އަތުލައިގެންފި

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިސްތިއުފާދެއްވައިފި

ޑިސަޔަނަކެ ސްރީލަންކާގެ ރައީސް ކަމުގެ ހުވާކުރައްވައިފި
