
ވީއައިއޭގެ މަގުތަކުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރުން
ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް, އެމްއޭސީއެލުން މިއަދު ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައި އެއްގަމު މަގުތައް ގަވާއިދުން ބެލެހެއްޓުމާއި މަރާމާތުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަދު ބޭއްވި ރަސްމީއްޔާތެއްގައި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. އާރްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.
މި އެއްބަސްވުމާއި އެކު ވީއައިއޭގެ މަގުތައް ގަވާއިދުން ބެލެހެއްޓުމާއި މަރާމާތުކުރުމާއި އިތުރު މަގުތައް ހެދުންވެސް ހިމެނޭކަމަށް އެމްއޭސީއެުލުން ބުނެއެވެ. މީގެ އިތުރުންވެސް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެދެކުންފުނީގެ ދެމެދުގައި އެއްބަސްވެވިފައިވާކަން ވަނީ ހާމަކޮށްފައި އެވެ.
ވީއައިއޭ ތަރައްޤީކުރުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރަމުން އަންނަ އިރު އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައް މިހާރު އެމްއޭސީއެލުން ވަނީ ފަށާފައި އެވެ. އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށްވެސް އިތުރު މަގުތަކެއް ހެދުމަށް ވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި

މީދޫއާއި ދާންދޫގެ އައު ހޮސްޕިޓަލް އިމާރާތް ހިމެނޭހެން ސިއްހީ އިންފްރާސްޓްރަކްޗަރގެ 4 މަޝްރޫއުއެއް އާރްޑީސީއަށް!

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުން ޖުލައި 26 ގައި!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ހަމަޖެއްސުމަށް އާރްޑީސީއާއިއެކު މަޝްވަރާކޮށްފި
