
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ހަމަޖެއްސުމަށް އާރްޑީސީއާއިއެކު މަޝްވަރާކޮށްފި
# އާރްޑީސީ# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ--
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު މަޝްވަރާކޮށްފި އެވެ.

މި ކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްޤު ކަށަވަރުކުރުމަށް އާރްޑީސީއާއި ގުޅިގެން ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމާއެކު، އިޖްތިމާއީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތައް ގުޅިގެން ކުރުމަށް އާރްޑީސީއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލަނީ
