logoEN
Sto top
މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުވުމަށް އެމްއޭސީއެލްއާއިއެކު މަޝްވަރާކޮށްފި

މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުވުމަށް އެމްއޭސީއެލްއާއިއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/14/2025, 7:41:45 AM

# އެމްއޭސީއެލް

--

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަސައްކަތްތެރިކަމުގެ ދާއިރާތަށް ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މި ބައްދަލުވުމުގައި، އިންސްޓިޓިއުޓް ރަޖިސްޓްރީ ކުރުމާއި، އެމްއެންއެސްޑިއޭގައި އެކި ޓިވެޓް ޕްރޮގްރާމްތަށް ރަޖިސްޓްރީކުރުމާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓޭސްޓިންގ ސެޓިފިކޭޝަން ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

އެގޮތުން، ދެ އިދާރާ މެދުވެރިވެ، އެމްއޭސީއެލްގެ މުވައްޒަފުންނާއި އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދާ ދާއިރާތަކުން ތަމްރީނުވުމަށް ޝައުގުވެރިވާ ޒުވާނުންނަށް ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮއްފައެވެ.

މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ފަދަ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ކުންފުނިތަކާއި ގުޅިގެން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަކީ ދިވެހިރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ޤާބިލް، ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުޙިއްމު ފިޔަވަޅެއް ކަމަށް މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside