logoEN
cocacola
ނިއުކާސަލް ކަޓުވާލުމަށްފަހު ޗެންޕިއަން މެންޗެސްޓާ ސިޓީ ސެމީ ފައިނަލަށް

ނިއުކާސަލް ކަޓުވާލުމަށްފަހު ޗެންޕިއަން މެންޗެސްޓާ ސިޓީ ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/17/2024, 8:33:53 AM

# އިގިރޭސި އެފްއޭ ކަޕް# ބޭރު ދުނިޔޭގެ ކުޅިވަރު# ނިއުކާސަލް ޔުނައިޓެޑް # މެންޗެސްޓާ ސިޓީ

ނިއުކާސަލް ކޮޅަށް ލަނޑުޖެހުމަށް ފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ސިޓީން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ.

މިއީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ސިލްވާ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ސިޓީން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ މެންޗެސްޓާ ސިޓީ އިންނެވެ. އަދި މިހާފުގައި އެޓީމުގެ ލީޑު ފުޅާކުރުމަށް، އެރްލިންގް ހާލަންޑްގެ އިތުރުން ޖެރެމީ ޑޮކޫ އަށް ވެސް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ