
ޔުއެފާ ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާއި އެޓަލާންޓާ ވާދަކުރަންޖެހިއްޖެ
# އެޓަލާންޓާ # ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޔޫރޮޕާ ލީގުލިވަޕޫލް އާއި އެޓަލާންޓާ 2020 ވަނަ އަހަރު ޗެންޕިްއަންސް ލީގުގައި ވާދަކުރި މެޗުގެ ތެރެއިިން
ޔުއެފާ ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލުގައި ޕްރެމިއާ ލީގުގެ، ލީގު ތާވަލްގެ ދެވަނައިގައި އޮތް ލިވަޕޫލާއި އިޓަލީގެ އެޓަލާންޓާ ވާދަކުރަންޖެހިއްޖެއެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި ހުންނަ ޔުއެފާގެ މައި އިދާރާގައި މިއަދު ބޭއްވުނު 2023/24 ވަނަ ސީޒަންގެ ޔުރޮޕާ ލީގު ކުއާޓާ އަދި ސެމީ ފައިނަލުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ލިވަޕޫލާއި އެޓަލާންޓާ ވާދަކުރަން ޖެހުނު އިރު، މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސްލީގު ގުރޫޕް ސްޓޭޖުގައެވެ.
އެފަހަރު އެޓަލާންޓާގެ ދަނޑުގައި މިދެޓީމު ކުޅުނު މެޗު ފަސޭހަކަމާއި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކުރި އިރު، ލިވަޕޫލުގެ ދަނޑުގައި ކުޅެވުނު ދެވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު އެޓަލާންޓާ އިން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ކުއާޓާ ފައިނަލުގެ އިތުރު މެޗުތަކަށް ބަލާއިރު، އިޓަލީގެ ރޯމާ އާއި އޭސީ މިލާން ވާދަކުރަން ޖެހުނުއިރު، ޕްރެމިއާ ލީގުގެ ވެސްޓްހަމް ވަދަކުރަން ޖެހުނީ ޖަރުމަނު ލީގުގެ އެއްވަނާގައި އޮތް ބަޔާރ ލެވަކޫސަން އާއި ދެކޮޅަށެވެ. އަދި ޕޯޗުގަލް ލީގުގެ ދެވަނަގައި މިވަގުތު އޮތް ބެންފީކާ ވާދަކުރަން ޖެހުނީ ފުރާންސްގެ އޮލިމްޕިކްސް މާސޭ އާއި އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް އެޕްރިލް 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




