logoEN
cocacola
މޯލްޑިވިއަންއިން ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގުހެޔޮކޮށްފި

މޯލްޑިވިއަންއިން ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގުހެޔޮކޮށްފި

އައިޝަތު އިފާޝާ

logo

3/14/2024, 2:58:43 PM

# މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ހެޔޮކޮށްފިއެވެ.

ގޮސިޔާ

އެގޮތުން މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގު އެކުންފުނިން ވަނީ ހެޔޮކޮށްފައެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އެވިއޭޝަން ސަރވިސްއިން ޢާއްމުކޮށްފައިވާ ޓިކެޓުތަކުގެ އަގުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހެޔޮވާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހާރުވެސް ދަރަވަންދޫއާއި މަޑިވަރަށް އަގުތައް ހެޔޮކޮށްފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވއަންގެ އަގުތައް ހެޔޮކޮށްފައިވާގޮތް:
  1. ގަމަށް ފެއަރގައި 1222ރ އަށް
  2. ފުވައްމުލަކަށް ފެއަރގައި 1155ރ އަށް
  3. މާވަރުލަށް ފެއަރގައި 1133 އަށް
  4. ފަރެސްމާތޮޑާއަށް ފެއަރގައި 1133ރ އަށް
  5. ހޯރަފުއްޓަށް 1133ރ އަށް
  6. ކާޑެއްދޫއަށް 1333ރ އަށް
  7. ކޫއްޑޫއަށް 1111ރ އަށް
  8. ކުޅުދުއްފުއްޓަށް 1111ރ އަށް
  9. ހަނިމާދުއަށް 1111ރ އަށް
  10. ތިމަރަފުއްޓަށް 1111ރ އަށް
  11. ކައްދުއަށް 1055ރ އަށް
  12. ފުނަދުއަށް 1055ރ އަށް
  13. މާފަރަށް 999ރ އަށް
  14. އިފުރަށް 999ރ އަށް

އައިލެންޑް އެވިއޭޝަނުން ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.

ޓިކެޓު ޔަޤީންކުރުމަށް ދުރާލާ ބުކިންގ ހެއްދުމަށް އެކުންފުނިން ބާރު އަޅައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އަމާޒަކީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލަކަށްވެސް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

މޯލްޑިވިއަންގެ އަގުތައް ބޮޑުވުމުގެ ކަންބޮޑުވުމަކީ ގިނަ ބައެއްގެ އޮތް ދުވަސްވީ ޝަކުވާއެކެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންވަނީ ހުރިހާ ސަރުކާރަކަށްވެސް ދަންނަވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ