logoEN
cocacola
އަނިޔާގެ ސަބަބުން ޑިބްރޭނާ  ބެލްޖިއަމްގެ ސްކޮޑުން ބާކީކޮށްފި

އަނިޔާގެ ސަބަބުން ޑިބްރޭނާ ބެލްޖިއަމްގެ ސްކޮޑުން ބާކީކޮށްފި

ހަސަން ޝަމްއޫން

logo

3/14/2024, 2:06:53 PM

# ބެލްޖިއަމް # ބޭރު ދުނިޔޭގެ ކުޅިވަރު# ކެވިން ޑިބްރޭނާ

ކެވިން ޑިބްރޭނާ

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި އަޔަލެންޑް އަދި އިންގްލެންޑާއި ދެކޮޅަށް ކުޅޭ ދެ މެޗަށް އެކުލަވާލި ބެލްޖިއަމްގެ ގައުމީ ޓީމު ސްކޮޑުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބާކީ ކޮއްފިއެވެ.

ގޮސިޔާ

އަނިޔާގެ ސަބަބުން އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ޗެންޕިއަން މެންޗެސްޓާ ސިޓީ ކުޅޭ މެޗުގައި އުމުރުން 32 އަހަރުގެ މިޑްފީލްޑަރަށް ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، މިދިޔަ އާދިއްތަދުވަހު ޕްރެމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އެއްވަރުވި މެޗުގެ 69 ވަނަ މިނެޓުގައި ޑިބްރޭނާ ވަނީ ބަދަލުކޮށްފަ އެވެ.

މާޗު މަހުގެ 23 ވަނަ ދުވަހު އަޔަލެންޑާއި ދެކޮޅަށް ކުޅުމަށްފަހު އޭގެ ތިން ދުވަސް ފަހުން މާރިޗު 26 ވަނަ ދުވަހު ބެލްޖިއަމް ނުކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ. އަދި މިދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އިގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.

ޑިބްރޭނާ ގައުމީ ސްކޮޑަށް ނުނެގި ސަބަބާއި ބެހޭ ގޮތުން ވާހަކަދައްކަމުން ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ބުނީ ފާއިތުވެދިޔަ ދެތިން މަހަށް ބަލާއިރު އަނިޔާގެ ސަބަބުން ޑިބްރޭނާއަށް ގިނަ މެޗުތަކެއް ގެއްލިފައިވާކަމަށާއި އަދިވެސް އޭނާ މުޅިން ފިޓްނުވާކަމަށެވެ.

ކުރިއަށް އޮތީ ޔޫރޯ އެހެންވެ އަހަރެމެން ބޭނުމެއްނޫން ރިސްކެއްނަގަން ، އެހެންވެ އޭނާ ޓީމުގައި ނުހިމެނީ.. ބެލްޖިއަމްގެ ކޯޗު ބުންޏެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން މިމަހުގެ 31 ވަނަ ދުވަހު ނުކުންނާނީ ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އާއި ދެކޮޅަށެވެ.

އަނިޔާގެ ސަބަބުން މިސީޒަނުގެ ފުރަތަަމަ ފަސް މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ޑިބްރޭނާ އަލުން ކުޅެންނުކުތީ މިއަހަރުގެ ޖެނުއަރީމަހު އެވެ. އަދި 2023 ވަނަ އަހަރު ބެލްޖިއަމްގެ ކެޕްޓަން ކަމާއި ހަވާލުވިފަހުން މިހާތަނަށް ގައުމީ ޓީމަށް ޑިބްރޭނާ މެޗެއް ކުޅެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ