
.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ހައިޕަސޮނިކް މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ.

މި މިސައިލް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައިވާކަން ހާމަކޮށްފައިވަނީ ރަޝިޔާގެ ދައުލަތުގެ މީޑިއާއިންނެވެ. އެމީޑިއާއިން މިކަން ހާމަކޮށްފައިވަނީ ހޫތީ ޖަމާއަތާ ގާތް ގުޅުމެއް އޮންނަ އަސްކަރީ ފަރާތަކާ ހަވާލާދީއެވެ.
މި މިސައިލަކީ މެކް 8 އާ ހަމައަށް ބާރު މިނުގައި ދަތުރުކުރެވޭ އަދި ސޮލިޑް ފިއުލް އިން ދުއްވާ މިސައިލެއް ކަމަށްވެސް ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އަދި ހޫތީ ޖަމާއަތުން އަމިއްލައަށް އުފައްދާ މި ރޮކެޓް ރަތް ކަނޑު, ގަލްފް އޮފް އެޑަން އަދި އަރަބި ކަނޑުގައި އަސްކަރީ އޮޕަރޭޝަންތަކުގެ އިތުރުން ޔަހޫދީ އިސްރާއީލުގެ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އޮފިޝަލާ ހަވާލާދީ އެމީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ހޫތީން އަންނަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑުގެ އުޅަނދުތަކަށާއި ގަލްފް އޮފް އެޑަން އިން ދަތުރުކުރަމުންދާ އުޅަނދުތަކަށް ހަމަލާދެމުންނެވެ.
ގުޅުންހުރި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގެ ދަރިވަރުންގެ އިމްތިހާންތައް ފަސްކޮށްފި

ހޫތީން ހައިޕަސޮނިކް މިސައިލްއެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފި

ހަނގުރާމައަށް ދިޔަ އަންހެނަކާއި އޭނާގެ 4 ދަރިން ރާއްޖެ ގެނެސްފި




