
ރަޝިއާ - ޔޫކްރޭންގެ މައްސަލަ ސުލްހަކޮށް މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި
# އަބްދުالله ޝާހިދު# ރަޝިއާ - ޔޫކްރޭން# ހަނގުރާމަ# އދ.President of General Assembly Opens General Assembly Debate
ރަޝިއާ އާއި ޔޫކްރެންގެ މައްސަލަ ސުލްހަ ކުރުމަށްޓަކައި މަޝްވަރާ ވަރުގަދަ ކުރަން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އެ މައްސަލައާއި ގުޅޭ ގޮތުން، ރޭ ކުރިއަށް ދިޔަ އދ. ގެ އާންމު މަޖިލީހުގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދުނިޔެއަށް ސިޔާސީ ސުލްހަވެރިކަން ބޭނުންވާ ކަމަށެވެ.
"އދ. ދެމިގެން މިދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭން ދަސްވި ފިލާވަޅަކީ މިއީ، ޚިޔާލު ތަފާތުވުންތައް ހައްލު ވެގެން ދަނީ އަސްކަރީ ބާރު ފޯރުވައިގެނެއް ނޫން، ސިޔާސީ މަޝްވަރާތަކުން،" --- އދ. އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު
ރަޝިއާ އާއި ޔޫކްރޭނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތު ވުމުގެ މައްސަލަ ވެސް ހައްލު ވާނީ ސުލްހަ އިސްކޮށް މަޝްވަރާ ވަރުގަދަ ކޮށްގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުން ބާއްވާފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީ، ފަށާފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނެސްދިނުމަށް އެދި އދ. އަށް މައްސަލައަށް ހުށަހަޅުމާ ގުޅިގެންނެވެ.
"މި އުފެދިގެން އުޅޭ ޚިޔާލު ތަފާތުވުންތަކާއި ހޫނުވެފައިވާ މަސްރަހު ފިނި ކުރަން، ހުރިހާ ޕާޓީއަކުން ވެސް މަޝްވަރާ އިސްކުރާނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވިއެވެ.
ޔޫކްރެއިންގެ ލުހާންސްކް އާއި ޑޮނެޓްސްކްގެ ލީޑަރުން އެ ދައުލަތުން ވަކިވެ މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ކަނޑައަޅަން ރަޝިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ރަޝިއާގެ ރައީސް ޕުޓިން ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރޭނަށް ރަޝިއާގެ ސިފައިން ވަނީ ފޮނުވައިފައެވެ.
ގުޅުންހުރި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގެ ދަރިވަރުންގެ އިމްތިހާންތައް ފަސްކޮށްފި

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ފަށައިފި، ރާއްޖޭގެ ވަފުދުން ޣައްޒާގެ ޙާލަތަށް އަޑުއުފުލާނެ!

ސައިބަރ ކްރައިމް ހުއްޓުވުމަށް އދ ގެ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި




