logoEN
cocacola
އިހަވަންދިއްޕޮޅުގެ ބަންކަރިން ފެސިލިޓީ މަޝްރޫއު ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުންޏަށް!

އިހަވަންދިއްޕޮޅުގެ ބަންކަރިން ފެސިލިޓީ މަޝްރޫއު ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުންޏަށް!

އަހުމަދު ޝުރާއު

logo

3/13/2024, 9:29:06 AM

# އެސްޓީއޯ

އެސްޓީއޯއައި ވިޓޯލްއާއި ދެމެދު ސޮއިކުރުން

މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީގެ މަޝްރޫއު ވިޓޯލް ގްރޫޕާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މިއަދު ހޮޓަލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި ޓާރމް ޝީޓްގައި ސޮއިކުރެއްވީ އެސްޓީއޯގެ އްމެ.ޑީ ޝިމާދު އިބްރާހިމް އަދި ވިޓޯލްގެ ފަރާތުން ވިޓޯލް ގުރޫޕުގެ ޑިރެކްޓަރ ޖޭ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ މިނިސްޓާރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދުއެވެ، މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިނޭންސް އަހްމަދު މާޒިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއަކީ ޓުއަރިޒަމްއެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްޖެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބަކަށްވެގެންދާނެއެވެ.

View post on Twitter

ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއި ކުރި ޓާރމް ޝީޓް އަކީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ފިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސް ވާ މުއްދަތެއްގައި ފުރިހަމަ ކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާރމް ޝީޓްއެކެވެ. އެސްޓީއޯއާއި ވިޓޯލްއަކީ ވިޔަފާރީގެގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެކުނުފުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އިގްތިސޯދީ ޕްރޮޖެކްޓު ހަވާލުކުރެެވުނު ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައުމެއްގައި ހުންނަ އިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ތުގައި ވިއްކައެވެ.

މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރ ސަޕްލަޔަރ، އަދި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރ އެވެ.

މިއަދު އެސްޓީއޯއާއި އެކު ސޮއިކުރެވުނު އެއްބަސް ވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަނކްރަކިންގ ޙިދުމަތް ދިނުމަށް ބޭނުން ވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާރޖް އަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބް އެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ.

މީގެ ތެރެއިން ބޯޓުތަކައް ބޭނުން ވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ ކަމަށާއި އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއައް އޮތް ތާނގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޓާރމް ޝީޓް އާއި ގުޅިގެން ހެދޭ އެއްބަސް ވުމުގައި، އެސް.ޓީ.އޯ ވާނީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކަރ ސަޕްލަޔަރ އަށެވެ.

އެސްޓީއޯއިން ބުނީ ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ދިވެހި ރާއްޖެ މާރކެޓް ކުރުމުން ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ