logoEN
cocacola
ޕޯޓޯގެ ކިބައިން ބަދަލުހިފައި، އާސެނަލް ކުއާޓާ ފައިނަލަށް

ޕޯޓޯގެ ކިބައިން ބަދަލުހިފައި، އާސެނަލް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/13/2024, 12:43:41 AM

# ޔުއޭފާ ޗެންޕިްއަންސް ލީގް # އާސެނަލް # ބޭރު ދުނިޔޭގެ ކުޅިވަރު# އެފްސީ ޕޯޓޯ

އާސެނަލްގެ ކުޅުންތެރިން ޕެނަލްޓީގައި ޕޯޓޯ ބަލިކުރުމަށްފަހު އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބަލިކޮށް އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މިދެޓީމު މުބާރާތުގެ ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގައި ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޕޯޓޯ ކާމިޔާބުކޮށްފައިވާއިރު، އާސެނަލް ދަނޑުގައި ކުޅެވުނު ދެވަނަ ލެގުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިއާއެކު 1-1 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރުވެ، އިތުރު ވަގުތުގެ ގޮތުގައި ކުޅެވުނު 15 މިނެޓްގެ ދެ ހާފުގައި ވެސް ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އާސެނަލް އިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އާސެނަލްގެ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާ ފޮނުވާލި ބާރު ހަމަލާއެއް ޕޯޓޯގެ ކީޕަރު ޑިއޭގޯ ކޯސްޓާ ދިފާއުކުރިއިރު، ފުރަތަަމަ ހާފުގައި ޕޯޓޯ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެވަނިލްސަން އަށެވެ.

ނަމަވެސް ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓާއި 22 ވަނަ މިނެޓުގައި އެވަނިލްސަން އަށް ލިބުނު ދެ ފުރުސަތުގައި ބޭނުން ނުކުރެވި ދިޔައިރު، އާސެނަލް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ލިއަންޑުރޯ ޓްރޮސާޑް އެވެ.

މިއީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި އާސެނަލްގެ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާގެ އިތުރުން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އަށް ލިބުނު ހުސް ފުރުސަތުގައި ބޭނުން ނުކުރެވި މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިއާއެކު 1-1 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އާސެނަލް އިން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ޕޯޓޯގެ ހަތަރު ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ