ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައީ ބައިރަކްތާރު ޓީބީ2 ޑްރޯތައް!
އަހުމަދު ޝުރާއު
3/12/2024, 9:00:19 PM
ބައިރަކްތާރު ޓީބީ2
ރާއްޖެއިން ތުރުކީވިލާތުގެ ކުންފުންޏެއްގެ އަތުން ގަނެފައިވަނީ ބައިރަކްތާރު ޓީބީ2 ޑްރޯންކަމަށް ތުރުކީގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
ތުރުކީ ސަރުކާރުގެ ޕްރޯ ނޫހެއް ކަމަށްވާ ޑެއިލީ ސަބާހް އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުން ވަނީ ރާއްޖެއަށް ފޯރުކޮށްދޭ މަޝްހޫރު ކޮމްބެޓް ޑްރޯން، ބައިރަކްތަރު ޓީބީ2 ރާއްޖެއަށް ސަޕްލައިކުރުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން ޑްރޯންތަކުގެ ފުރަތަމަ ޝިޕްމެންޓު މިހާރު ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް އެނޫހުން ބުނެއެވެެ.
އެނޫހުން އިތުރަށް ބުނީ ދިވެހި ސަރުކާރުން ޑްރޯން ގަތުމަށް ސޮއިކުރީ ތުރުކީގެ ބައިކަރު ކުންފުންނާއި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ ދަށުން ދިވެހި ސިފައިންގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ކޮމާންޑް ކޮންޓްރޯލް ސްޓޭޝަނަކާއި ޓީބީ2 އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލް (ޔޫސީއޭވީ) ސަޕްލައި ކުރާނެ ކަމަށް އެނޫހުން ބުނެއެވެ.
ތުރުކީގެ މައި ނޫހަކުން މިފަދަ މައުލޫމާތުތަކެއް ހާމަކުރި ނަމަވެސް އަދި ދިވެހި ސަރުކާރުން މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައެއް ނުވެއެވެ.
ތުރުކީއިން ބައިރަކްތާރު ޓީބީ2 މިހާތަނަށް 33 ގައުމަކަށް ވިއްކާލާފައިވާއިރު އޭގެ ތެރޭގައި ނޭޓޯ އާއި އީޔޫގެ މެމްބަރު ގައުމުތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޓީބީ2 ގެ އެންމެ ބޮޑު ޑްރޯން އަދި ތުރުކިޔޭގެ އެންމެ ޒަމާނީ ރޯން ކަމަށްވާ އަކިންސީ ޔޫސީއޭވީ ފޯރުކޮށްދިނުމަށްވެސް އެއްބަސްވުންތަކުގައި ވެސް ބައިކަރުން ވަނީ ނުވަ ގައުމަކާއެކު ސޮއިކޮށްފަ އެވެ.
ޓީބީ2 އަކީ 27،000 ފޫޓުގައި 20 ގަޑިއިރަށް ވުރެ ގިނައިރު އުދުހޭ، 120 ކިލޯގްރާމް (265 ޕައުންޑް) ގެ ލޯޑެއް އުފުލާ އަދި ބަރުދަނުގައި އެންމެ 650 ކިލޯ ހުންނަ ޑްރޯންއެކެވެ. މި ޑްރޯންއަކީ ތުރުކީގެ ސުޕަ ޑްރޯން ގޮތުގައި ފާހަގަކުރާ ޑްރޯންއެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން މި މަހުގެ ތެރޭގައި ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް އެ އިޝާރަތް ކުރެއްވީ ޑްރޯން އޮޕަރޭޝަން ފެށުން ކަމަށް ބެލެވެ އެވެ.