ރާއްޖޭގެ ސަރަހައްދުން ކަނޑުން ބަޔެއް ގެއްލުނު މައްސަލަ އިންޓަނޭޝަނަލް ލޯޔަރުންނާ ހަވާލުކުރަނީ- ބަންޑާރަނައިބު
# ބަންޑާރަ ނައިބް# ރައީސް އޮފީސް# ރާއްޖޭގެ ކަނޑުގެ ސަރަހައްދުބަންޑާރަނައިބް އަހްމަދު އުޝާމް ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ސަރަހައްދުން ކަނޑުން ބަޔެއް ގެއްލުނު މައްސަލަ މިހާރު އިންޓަނޭޝަނަލް ލޯޔަރުންނާ ހަވާލުކުރުމުގެ މަރުހަލާއާ ހަމައަށް ގޮސްފައިވާކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްސަލައިގެ އަޕްޑޭޓެއް ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ މިހާރު ރައީސް އޮފީހުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އުޝާމް ވިދާޅުވީ މި މަސައްކަތުގެ ދަށުން ރާއްޖޭގެ ތަޖުރިބާކާރުންނާއި ބޭރުގެ ތަޖުރިބާކާރުން އުފައްދާފައިވާ މި މަސައްކަތުގެ ރިޕޯޓެއް ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓަށް ފަހު ކެބިނެޓުގެ ރިކޮމޮންޑޭޝަން ރިޕޯޓް ތައްޔާރުކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
”އެ ރިކޮމޮންޑޭޝަނާ އެއްގޮތަށް ނިންމުންތަކެއް ވެސް އެބަހުރި. އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި އިންޓަނޭޝަނަލް ބައެއް ލޯޔާސް އަދި ތަޖުރިބާކާރުންނާ އެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ“ އުޝާމް ވިދާޅުވި އެވެ.
މީގެއިތުރުން ބަންޑާރަނައިބު ވިދާޅުވީ އިންޓަނޭޝަނަލް ބައެއް ލޯޔަރުންނާއި ތަޖުރިބާކާރުންގެ ޓީމެއް މިވަގުތުވެސް މި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ އިތުރު ތަފްސީލީ މައުލޫމާތު ކުރިއަށް އޮތް 2 ހަފްތާއެއްހާ ދުވަސް ތެރޭގައި ހާމަކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ގުޅުންހުރި
ރާއްޖޭގެ ސަރަހައްދުން ކަނޑުން ބަޔެއް ގެއްލުނު މައްސަލަ އިންޓަނޭޝަނަލް ލޯޔަރުންނާ ހަވާލުކުރަނީ- ބަންޑާރަނައިބު

ހިދުމަތްދިނުމުގައި އިންސާފްވެރި، ދެފުށް ފެންނަ ނިޒާމެއް މުހިންމު- ބަންޑާރަނައިބު

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި




