logoEN
Sto top
ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

އަހުމަދު ޝުރާއު

logo

4/19/2025, 3:51:44 PM

# ހަމާސް# ތުރުކީ

--

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި އެވެ.

Wamco

ތުރުކީގެ އަނާޑޯލޫ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާ އިބްރާހިމް ކާލިން ވަނީ މިއަދު ހަމާސްގެ ޝޫރާ ކައުންސިލްގެ ވެރިޔާ މުހައްމަދު ދަރްވިޝް އާއި އޭނާގެ ވަފުދާ ބައްދަލުކުރައްވާފަ އެވެ.

އެގޮތުން މި ބައްދަލުވުމުގައި ދެފަރާތުން ވަނީ އިސްރާއީލުން އެހީ ވެއްދުން މަނާކުރުމުގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި އެވެ.

މީގެ އިތުރުން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ދާއިމީ، ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަގުސަދުގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ހާލަތުވެސް ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާ އިބްރާހިމް ކާލިން ވަނީ އޮޅުންފިލުއްވާފައި އެވެ.

އިސްރާއީލުން މާޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހެއް ނުވަތަ ތެޔޮ ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside