
ތުރުކީގެ ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
# ތުރުކީ--
ތުރުކީވިލާތުގެ ބަލިކެސިރް ޕްރޮވިންސްގެ ހަތިޔާރު ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވިދާޅުވެފައެވެ.
މި ހާދިސާގައި 12 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންގެ އިތުރުން، ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ގުޅުންހުރި

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

ތުރުކީގެ ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގެ ވެރިރަށުގައި ދިން ނިރުބަވެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 5 އަށް!
