logoEN
cocacola
މިނިސްޓަރ ފައިސަލްގެ އަމާޒަކީ 2026 ވަނަ އަހަރުގެ އައިޓީބީ ފެއާ ރާއްޖެއިން ހޯސްޓުކުރުން!

މިނިސްޓަރ ފައިސަލްގެ އަމާޒަކީ 2026 ވަނަ އަހަރުގެ އައިޓީބީ ފެއާ ރާއްޖެއިން ހޯސްޓުކުރުން!

އަހުމަދު ޝުރާއު

logo

3/12/2024, 6:10:23 PM

# ޓުއަރިޒަމް މިނިސްޓްރީ

އައިޓީބީ ފެއާއަށްފަހު ޓުއަރިޒަމް މިނިސްޓްރީއިން ނޫސްވެރިންނާއި ބައްދަލުކުރުން

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ އައިޓީބީ ފެއާގެ 2026 ވަނަ އަހަރުގެ ފެއާ ރާއްޖެއިން ހޯސްޓުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަހަރުގެެ އައިޓީބީ ފެއާއަށްފަހު އެމްއެމްޕީއާރްސީއާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައިސަލް ވިދާޅުވީ އައިޓީބީ ފެއަރ 2026 ވަނަ އަހަރު ރާއްޖެއިން ހޯސްޓްކުރުމަކީ އަމާޒެއް ކަމަށާއި ފެއަރ ހޯސްޓްކުރުމުގެ އަމާޒަށް ވާޞިލްވުމުގެ އުންމީދު ބޮޑުކަމަށެވެ.

"2026 ވަނަ އަހަރު އައިޓީބީ ފެއާ ހޯސްޓްކުރުމަށް ވާން ޖެހޭ ތައްޔާރީތައް ހަމަޖެއްސުމުގައި ސްޓޭކް ހޯލްޑަރުންނާ އެކީ އެމްއެމްޕީއާރުސީގެ އެމްޑީ އަދި މުޅި ޓީމު އެއްކޮށް ބައްދަލުކޮށް މަޝްވަރާ ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރ ފައިސަލް އިތުރަށް ވިދާޅުވީ އައިޓީބީ ފެއަރ ހޯސްޓްކުރުމަށް ބޮޑު ހޭދައެއް ހިނގާނެ ކަމަށާއި އުންމީދަކީ މިކަމަށް ސްޓޭކްހޯލްޑަރުންގެ ފަރާތުން އެއްބާރުލުން ލިބިގެންދިޔުން ކަމަށެވެ. އަދި 2026 ވަނަ އަހަރު އޮންނަ ފެއަރ ހޯސްޓްކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިސްތިހާރުކުރުމަށްކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

އައިޓީބީ ފެއަރ ކޮންމެ އަހަރަކު ވެސް ބާއްވަނީ ޖަރުމަނުވިލާތުގެ ބާލިން ގައެވެ. ނަމަވެސް، މި ފެއަރ އެކި ޤައުމުތަކުން ހޯސްޓްކުރެއެވެ. މިފަހަރުގެ އައިޓީބީ ފެއަރ ހޯސްޓްކޮށްފައިވަނީ އޮމާންއިންނެވެ. މި ފެއާ ހޯސްޓުކުރާ ގައުމަށް ފެއާ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި އެހެނިހެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބެ އެވެ.

ރާއްޖެއިން ވަނީ މީގެ ކުރިންވެސް އައިޓީބީ ފެއާ ހޯސްޓުކޮށްފައި އެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެއަހަރު އައިޓީބީގައި ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދިޔައެވެެ.

މިއަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ 107 ކުންފުންޏަކުން ބައިވެރިވެފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ