logoEN
cocacola
އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ފައިސަލް

އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ފައިސަލް

އަހުމަދު ޝުރާއު

logo

8/7/2024, 5:32:36 PM

# ޓުއަރިޒަމް މިނިސްޓްރީ

--

ރާއްޖޭގައި އަދި ޚާއްޞަކޮށް ދިވެހި ފަތުރުވެރިކަމުގައި އިންވެސްޓުކުރާ ފަރާތްތަކަށް އެހީތެރިވުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ދެއްވައިފިއެވެ.

ގޮސިޔާ

އޭޝިޔާ ޕެސިފިކް ހޮޓެލް އިންޑަސްޓްރީ ކޮންފެރެންސް އެންޑް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަގުރީރުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަކީ ތަބީއީ ރީތިކަމާއި ސަގާފީ ތަރިކައިގެ މުއްސަނދިކަމަށް މަޝްހޫރު ގައުމެއް ކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު އަގުހުރި ފުރުސަތެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް އޮންނަ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން ތަކުރާރުކޮށް ފެންނަމުން ގޮސްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ތަރައްގީގެ އައު ދޮރުތައް ހުޅުވި، އިންވެސްޓަރުން ބާރުވެރިކުރެވި އެންމެން ދެކޭ ތަސައްވުރު ހާސިލުކުރުމަށް ބޭނުންވާ އިތުބާރާއި ވިލުންތެރިކަން ގާއިމުވާނެ ކަމަށެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރުމުން އެންމެ ބޮޑަށް މަންފާވާނެ އެއް ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވަރުގަދަކަން ކަމުގައެވެ. އަދި އިންޑިއާ ކަނޑުގައި އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް އޮންނަ ކަމުގައި ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ކުރިމަގުގެ ތަސައްވުރުގެ އެންމެ މުހިއްމު އެއް އުންސުރަކީ ދެމެހެއްޓެނެވިކަންކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނެވި އުސޫލުތަކަށް ސަރުކާރުން ބާރުއަޅައި ހިތްވަރުދޭ ކަމަށެވެ. ސަރުކާރުން ދެމެހެއްޓެނެވި ތަރައްގީއަށް ދޭ އިސްކަމުގެ ސަބަބުން ޒިންމާދާރުކަމާއެކު ރާއްޖޭގެ ތަބީއީ ރީތިކަމާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރެވި ތަރައްގީކުރެވޭނެކަން ކަށަވަރުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ދެމެހެއްޓެނެވި ތަރައްގީގެ އިތުރަށް އިންވެސްޓަރުންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއް އެކުލަވައިލާފައިވާކަން ފާހަގަކުރައްވަމުން ކެޕިޓަލް ކޮންޓުރޯލުތަކެއް ނެތުމާއި ރާއްޖެއިން ލިބޭ އާމްދަނީ ބޭރަށް ގެންދިއުމުގައި ހުރި ފަސޭހަތަކަކީ ރާއްޖޭގައި ވިޔަފާރިކުރުމަށް ފަސޭހަކޮށްދޭ ސަބަބުތައް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ