logoEN
cocacola
އެޓްލާންޓާ އިން ޔުވެންޓަސް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

އެޓްލާންޓާ އިން ޔުވެންޓަސް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/11/2024, 3:00:00 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުވެންޓަސް # އެޓްލާންޓާ

ޔުވެންޓަސް އާއި އެޓްލާންޓާ ވާދަކުރި މެޗުގެ ތެރެއިިން

އިޓާލިއަން ސެރިއޭގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެޓްލާންޓާ އާއި ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އެޓްލާންޓާ އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް މިޑްފީލްޑަރު ޓެނޫ ކޫޕްމެއިނަރސް އެވެ. މިއީ އެޓީމުގެ ކްރޮއޭޝިޔާގެ މިޑްފީލްޑަރު މާރިއޯ ޕަސަލިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެޓްލާންޓާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޔުވެންޓަސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަންދުރޭ ކެމްބިއާސޯ އެވެ.

މިއީ އެޓީމުގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޮލެންޑް ފޯވާޑް އަރްކަޑިއުޒް މިލިކް އެވެ.

ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އެޓްލާންޓާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނެދަލޭންޑްސް މިޑްފީލްޑަރު ޓެނޫ ކޫޕްމެއިނަރސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުގެ ނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން ޔުވެންޓަސް އަށް 58 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި ލީގު ތާވަލްގެ ދެވަނައިގައި އޮތް އޭސީ މިލާނަށް 28 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 28 މެޗުން އެޓްލާންޓާ އަށް 47 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ