logoEN
cocacola
ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

3/10/2024, 6:40:35 PM

# އައްޑޫ ސިޓީ

ހިތަދޫގައި އަލިފާނުގެ ހާދިސާއެއް

އައްޑޫ ސިޓީ، ހިތަދޫ ވަލުތެރޭ ހުރި ގަސްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

ގޮސިޔާ

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ޝީޝާ ފިހާރަ ކުރިމަތީ އޮންނަ ވަޅުތެރޭގައި ހުރި ގަސްތަކެއްގައި ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިރޭ 19:04 ހާއިރު ކަމަށެވެ.

މިއާއި އެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ މިރޭ 19:55 ހާއިރެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ