logoEN
cocacola
20 މަސްދުވަހު ގުރައުންޑް ވެފައި އޮތް މަހާ ޖައްރާފު މަރާމާތަށްފަހު އޮޕަރޭޝަނަށް ގެނެސްފި

20 މަސްދުވަހު ގުރައުންޑް ވެފައި އޮތް މަހާ ޖައްރާފު މަރާމާތަށްފަހު އޮޕަރޭޝަނަށް ގެނެސްފި

އަހުމަދު ޝުރާއު

logo

3/10/2024, 5:39:35 PM

# އެމްޓީސީސީ

މަހާ ޖައްރާފު

20 މަސްދުވަސް ވަންދެން ގުރައުންޑް ވެފައި އޮތް ރާއްޖޭގެ އެންމެ ބޮޑު ބިންހިއްކާ އުޅަނދު މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނެސްފި އެވެ.

ގޮސިޔާ

އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ އެންމެ އަގުބޮޑު އެސެޓް އަދި ޑްރެޖަރު ގޮތުގައި އޮތް މަހާ ޖައްރާފު ވަނީ 8 ޖޫން 2022 އިން ފެށިގެން 20 މަސް ދުވަހަށް ގްރައުންޑް ވެފައި ކަމަށާއި މީގެ ސަބަބުން ކުންފުނީގެ ބިން ހިއްކުމުގެ ޤާބިލިއްޔަތުކަމަށް ވަނީ މި މުއްދަތުގައި ބޮޑުތަނުން އަސަރުކޮށްފައި ކަމަށެވެ.

އަދި ބޭރުން ޑްރެޖަރެއް ބޮޑުއަގުގައި ލީސްކޮށްގެން ގެނެސް ބައެއް ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރަން މަޖުބޫރު ވުމާއި އެކު ބިން ހިއްކުމުގެ މަޝްރޫޢުތަކުން އެކުންފުންޏަށް ލިބެން އޮތް ނަފާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައި އެވެ.

View post on Twitter

އަެމްޓީސީސީއިން ބުނީ މަހާ ޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓެނަންސް ނުކުރެވުމާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަންޖެހޭ މިންވަރަށް ކުރީ މެނޭޖްމަންޓް އިން ނުބަލާ ފަރުވާކުޑަކޮށްލުން ކަމަށެވެ. އަދި މަހާޖައްރާފު ބޭނުން ނުކުރެވި މުޅިއަކު 571 ދުވަސް ހޭދެވެފައިވާއިރ،ު 47 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިންގުމުގެ ޚަރަދުގެގޮތުގައި މި މުއްދަތުގައި ކުރަން ޖެހުނު ކަމަށާއި އަދ،ި އާމްދަނީ ގޮތުގައި 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަން އެކުންފުނީގެ މާލީ ހިސާބުތަކުން ފެންނަން އޮތް ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިވިޜަންއަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި ބަރޯސާވަނީ ބިންހިއްކައިގެން ލިބޭ އާމްދަނީއަށްވާއިރު މަހާ ޖައްރާފު ފަދަ ބޮޑު ޑްރެޖަރެއް ގްރައުންޑްވެފައި އޮތުމުން އެ ކުންފުނީގެ އާމްދަނީއަށްވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން އެމްޓީސީސީއިން ބުނެއެވެ.

މަހާ ޖައްރާފު މަރާމަތަށްފަހު 16 ޖެނުއަރީ 2023 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވުނުކަން ފާހަގަކޮށް އެކުންފުނިން ބުނީ އައު މެނޭޖްމަންޓްއިން މަސައްކަތްކޮށްފައި ވާނީ މަހާ ޖައްރާފު ވީހާވެސް އަވަހަށް އޮޕަރޭޝަންއަށް ގެނައުމަށްޓަކައި ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން އައު މެނޭޖްމަންޓް ހަވާލުވިތާ 2 މަސްދުވަސް ތެރޭގައި މަހާ ޖައްރާފުވަނީ އޮޕަރޭޝަންއަށް ގެނެވި ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް މޮބިލައިޒް ކުރެވިފައިކަން އެކުންފުނިން ހާމަކުރި އެވެ.

އެގޮތުން މަހާ ޖައްރާފު މިހާރު ދަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ. އެ މަޝްރޫއަކީ 71 މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ. އެ މަޝްރޫޢުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަން އެމްޓީސީސީއިން ހާމަކުރެއެވެ. މި ސަރުކާރުގައި އަމަލީ މަސައްކަތް ފެށުނު އުނގޫރުފާރު ބިން ހިއްކުމުގެ މަޝްރޫއު މިހާރު ވަނީ ނިމުމަކާއި ގާތްވެފައި އެވެ..

އެމްޓީސީސީއިން ވަނީ ބައެއް ބޮޑެތި ޕްރައިވެޓް ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަޝްވަރާތައްވެސް ބައެއް ފަރާތަކާއެކު ކުރަމުން އަންނަކަން ފާހަގަކޮށްފައި އެވެ.

ވޭތުވެދިޔަ 43 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ