logoEN
cocacola
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

3/10/2024, 8:15:03 AM

# މެންޗެސްޓާ ޔުނައިޓެޑް # އެވަޓަން# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

މާކަސް ރަޝްފޯޑް އަދި ބުރޫނޯ ފެނާންޑޭޒް އެވަޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޔުނައިޓެޑުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އެވަޓަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 28 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 47 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 28 މެޗުން އެޓީމަށް 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ