logoEN
cocacola
ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމާއި ގުޅިގެން, އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި

ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމާއި ގުޅިގެން, އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި

އައިޝަތު އިފާޝާ

logo

3/9/2024, 9:25:48 AM

# އެސްޓީއޯ

ބާޒާރުގައި ލުނބޯ ވިއްކަން ނެރެފައި - ފޮޓޯ: މީސްމީޑިއާ

ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމާއި ގުޅިގެން, އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

ގޮސިޔާ

އެސްޓީއޯއިން މިއަދު ބުނީ, ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާއި ގުޅިގެން, ރަމަޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.

ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރ, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން.ނެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ލުނބޯ ކިލޯއެއްގެ އަގަކީ 50 ރުފިޔާއެެވެ. އަދި 25 ކިލޯގެ ބަސްތާއެއްގެ އަގަކީ 1175 ރުފިޔާއެވެ.

އެސްޓީއޯއިން ވަނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ފިޔާގެ އަގުވެސް އިތުރަށް ހެޔޮކޮށްފައެވެ. އެގޮތުން ކުރިން 20 ރުފިޔާއަށް ލިކޯއެއް ވިއްކަމުންދިޔަ ފިޔާ މިހާރު ވަނީ 17 ރުފިޔާއަށް ވިއްކަން ފަށާފައެވެ. އަދި މިހާރު ފިޔާ ބަސްތާއެއް އެސްޓީއޯއިން ވިއްކަމުން ދަނީ 320 ރުފިޔާއަށެވެ. އަދި 10 ބަސްތާއަށްވުރެެ އިތުރަށް ނަގާނަމަ 310 ރުފިޔާއަށް 20 ބަސްތާއަށްވުރެ ގިނައިން ނަގާނަމަ 300 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ