logoEN
Sto top
އެސްޓްރަޒެނެކާއިން އެސްޓީއޯއާއި ގުޅިގެން ރާއްޖޭގައި އޮންކޮލޮޖީ ނަރސަސް އެކްސެލެންސް ޕްރޮގްރާމެއް!

އެސްޓްރަޒެނެކާއިން އެސްޓީއޯއާއި ގުޅިގެން ރާއްޖޭގައި އޮންކޮލޮޖީ ނަރސަސް އެކްސެލެންސް ޕްރޮގްރާމެއް!

އަހުމަދު ޝުރާއު

logo

5/25/2025, 12:46:03 PM

# އެސްޓީއޯ

--

’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ (ONE) ގެ ނަމުގައި އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ޕްރޮގްރާމެއް ލޯންޗުކޮށްފި އެވެ.

Wamco

މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 17 އޭޕްރީލް 2025 ގައެވެ. މިއީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މަޤުޞަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރައްވާ މުހިއްމު ރޯލު ފާހަގަކޮށް ،އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ.

މި ޕްރޮގްރާމުގައި ވަނީ ދިވެހިރާއްޖޭގައި ކެންސާރ ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮއްގެން ކުރިއަށް ގެންގޮސްފައިއެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު 4 ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނައަށް ބޭއްވުނު ސެޝަންގައި މީގެ ކުރީ ސެޝަނަށްވުރެ އިތުރު 4 ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވެފައެވެ.

އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside