
--
އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވާފައިވާ "ސްމާޓް ސްޓޯރް" ބޭސްފިހާރައަކަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެސްޓީއޯއިން ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައިއެވެ. އެގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ އެ ފިހާރަ ބޭސްފިހާރައަކަށް ބަދަލު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. ޝިމާދު އިތުރަށް ވިދާޅުވީ އެ ފިހާރަ ފާމަސީއަކަށް ބަދަލު ކުރަން ނިންމައި، ހުޅުމާލޭ ފޭސް ދޭއްގައި ވެސް ފާމަސީއެއް ގާއިމު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލޭގެ ފޭސް އެކެއްގައި 2023 ވަނަ އަހަރު ހުޅުވި "ސްމާޓް ސްޓޯރް" ފާމަސީއަކަށް ބަދަލުކުރުމަށް ނިންމީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ބޭސް ލިބިމުގައި މިހާރު އޮތް އުނދަގޫތަކަށް އިތުރު ލުއިތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ޝިމާދު ވިދާޅުވިއެވެ
އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ހުންނަ ބޭސްފިހާރައިން ހިދުމަތް ހޯދުމަށް ރައްޔިތުން ގިނައިރު އެތަނުގައި ހޭދަކުރަން ޖެހޭ ކަން ޝިމާދު ފާހަގަކުރެއްވި އެވެ.
އެސްޓީއޯގެ "ސްމާޓް ސްޓޯރް" އަކީ ކޭޝިއަރަކާ ނުލައި 24 ގަޑިއިރު ހިދުމަތް ހޯދޭ ގޮތަށް ހުޅުވި ތަނެކެވެ.
ގުޅުންހުރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

އެސްޓީއޯ ހެލްތުކެއާއިން ރާއްޖެއަށް ހިތުގެ ބަލިތައް ދެނެގަންނަ އެންމެ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކޮށްފި

ބާޒާރުގައި އޮރެންޖްގެ އަގުތައް ތިރިވެއްޖެ

.gif&w=3840&q=75)



