logoEN
Sto top
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން 3 ފެސިލިޓީ އެއް ތައާރަފްކޮށްފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން 3 ފެސިލިޓީ އެއް ތައާރަފްކޮށްފި

އަހުމަދު ޝުރާއު

logo

5/21/2025, 7:35:39 AM

# އެސްޓީއޯ

--

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފަރާތުން މިއަދު ބާޒާރަށް 3 ޕްރޮމޯޝަން އެއް ތަޢާރަފް ކޮށްފިއެވެ.

Wamco

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިއަދު ތަޢާރަފް ކުރެވުނު ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓް، ކެފޭ ތަކަށާ، ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާރޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ.

މިގޮތުން ފުރަތަމަ ޕްރޮމޯޝަން ޚާއްސަ ކޮށްފައިވަނީ ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކަށެވެ. އެފަރާތްތަކުން މި ޕްރޮމޯޝަން އަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފިލް ކުރެއްވުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި މީގެ އިތުރުން ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭން އެސްޓީއޯއިން ވަނީ ނިންމާފައި އެވެ. ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.

ދެވަނަ ޕްރޮމޯޝަން ޚާއްސަ ކޮށްފައިވަނީ ހޯލްސޭލް ކަސްޓަމަރުންނަށެވެ، ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފަރމި އޮފަރ ނުވަތަ ޕްރޮމޯ ގެތެރޭގައި ޖެނެރަލް ޓްރޭޑިންގ އިން ފަސޭ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އޮފަރވެސް ކުރިއަށް ގެންދިޔުމަށް އެކުންފުނީން ނިންމާފައިވަނީ 3 މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި 3 މަސް ދުވަހުގެތެރޭ މި އޮފަރ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.

ތިން ވަނަ ޕްރޮމޯޝަން ކަމަށްވާ އެޕާޓުމަންޓް އޮފަރ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ. 15،000-25،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް 15% ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާާތްތަކަށް %18 ޑިސްކައުންޓު މި ޕްރޮމޯޝަންގައި ލިބިގެންދާނެއެވެ. އަދި ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެއެވެ. ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. މި އޮފަރ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside