logoEN
cocacola
އަލް ނަސްރު ބަލިވުމުގެ ފައިދާ ނަގައި އަލް ހިލާލުން 12 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އަލް ނަސްރު ބަލިވުމުގެ ފައިދާ ނަގައި އަލް ހިލާލުން 12 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

3/9/2024, 4:06:04 AM

# އަލް ހިލާލް # ސައުދީ ޕްރޮފެޝަނަލް ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ރިޔާދު

އަލް ހިލާލް ގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން އަލް ރިޔާދު އަތުން މޮޅުވެ، އަކް ހިލާލުން ލީގު ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އަލް ހިލާލުން މެޗު ޑޮމިނޭޓުކުރި އިރު، ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައި އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މެޗުގެ ލީޑު ނެގުމަށް އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ.

ނަމަވެސް އެޓީމުގެ އިތުބާރު ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް ކުރިއަށް ފޮނުވާލި ޕެނަލްޓީ އަލް ރިޔާދުގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން 7 ވަނަ މިނެޓުގައި އަކް ރިޔާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ އަލް ހިލާލްގެ ޑިފެންޑަރު އަލީ އަލް ބުލައިހީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަލް ހިލާލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕޯޗުގަލް މިޑްފިލްޑަރު ރުބެން ނެވޭސް އެވެ. އަދި އެޓީމުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މައިކަލް އެވެ.

މިއީ އެޓީމުގެ މިޑްފިލްޑަރު ރުބެން ނެވޭސް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން މެޗުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ.

މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 20 މެޗުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން އަލް ހިލާލްއަށް 65 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ރިޔާދުން ލީގުގައި ކުޅުނު 23 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ