logoEN
cocacola
ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ކުރިމަތިލާން ޖެހިދާނެ - ޚުޠުބާ

ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ކުރިމަތިލާން ޖެހިދާނެ - ޚުޠުބާ

އަލްފާ އަލީ

logo

3/8/2024, 8:07:30 AM

# ހުތުބާ

.

ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ ރަމަޟާން މަހަށް އިސްތިޤުބާލް ކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ހުތުބާގައި ގޮވާލާފައިވަނީ، ރަމަޟާން މަސް އަހުރެމެންނާ ހެޔޮ ޚަބަރުތަކާއިގެން ބައްދަލުކުރާ މި ފުރުޞަތުގެ ބޭނުންކުރަން އަތުކުރި އޮޅައިލުމަށެވެ. އެގޮތުން މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައި ކަމަށް ބުނެފައިވެއެވެ، އެއީ ރަމަޟާން މަހަކީ ކިޔަމަންތެރިވުމުގެ މޫސުން، ހެޔޮކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތު އަދި ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމުގައި ވާތީއެވެ.

ހުތުބާގައި ގޮވާލާފައިވަނީ، ރޯދަހިފުން ބުރަކަމަކަށް ނަހަދާ، ރޯދަމަހުގެ ޙުރުމަތް ނުކަނޑ، ރޯދަހިފުމުން ލިބޭ ޘަވާބުގެ މަތިން ހަނދުމަކޮށް ރޯދަ ހިފުމަށެވެ. އަދި މިކަމުގައި ފަރުވާ ކުޑަކުރާ މީހުންނަށް އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެ ކަމަށާއި، އެދުވަހުން އޭނާއަށް އެހީވާނެ އެއްވެސް ފަރާތެއް ނުލިބޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރުމަށާއި، ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަތުމަށް ވަނީ ގޮވާލާފައެވެ. އޭގެއިތުރުންވެސް ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވުމަށްވެސް މިއަދުގެ ހުތުބާގައިވަނީ ހަނދުމަކޮށްދީފައެވެ.

ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަ ވީއްލުން ހިމެނޭއިރު، އަހަރެމެންގެ ސުފުރާ މަތީގައި ކަދުރު ހުންނައިރު ވެސް އެހެން އެއްޗަކުން ރޯދަވީއްލާ ތަން މަދުން ނަމަވެސް ފެންނަ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ހާރުކެއުމަކީވެސް ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭކަމަކަށް ވީހިނދު، ބައެއްމީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ކީރިތިރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާ ގޮތުގައި އަހުލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރު ކެއުމެވެ. މީގެ އިތުރަށް ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެކެވެ.

ކީރިތިރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަށް އިޤްތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުންނެވެ. ކީރިތިރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ ރަމަޟާން މަހު، އަޅުކަމުގައި އެހެން މައްސަރުތަކަށް ވުރެބޮޑަށް ހީވާގިވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަފުޅުން ނަންގަވައި އެރޭތައް އިޙްޔާކުރެއްވުމުގައި ބައިވެރި ކުރައްވައެވެ.

ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާއެވެ. ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެން - ހުތުބާ

ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ޘަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ. މާތް ﷲ އެދިވޮޑިގަންނަވާ މޭވާއާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށް، ކަންދެއްކުމެއްނެތި، މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ރޯދަ ހިފުމުންނެވެ. މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖުބޫރުކަމެއް ނުވަތަ ބުރަހެލި ކަމެއްނެތި ރޯދަ ހިފުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ