logoEN
cocacola
ކެނޑިޑޭޓަކު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި

ކެނޑިޑޭޓަކު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި

އަހުމަދު ޝުރާއު

logo

3/7/2024, 5:56:49 PM

# އެމްޑީޕީ

އެމްޑީޕީ ކެނޑިޑޭޓެއްގައި ގަޔަށް ކަޅުތެޔޮ ޖެހުން

އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގަޔަށް މިއަދު މާލޭގައި ކަޅުތެޔޮ ޖެހި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެެފި އެވެ.

ގޮސިޔާ

މިއަދު ކަޅުތެޔޮ ޖަހާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރައްވާ އަހުމަދު ޒައީމްގެ ގަޔަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޕީއެސްއެމް މަޖިލިސް ބަހުސް އަށް ދަނިކޮށް އަމީނީމަގު އެމްއެންޔޫ ކައިރި ޕާކިންގް ޒޯންއާ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހުން އަހްމަދު ޒައީމާ ދިމާލަށް ކަޅުތެޔޮ ކޮތަޅެއް އެއްލި މައްސަލަ މިއަދު 16:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ބަލަމުން އަންނަ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަރެސްމާތޮޑާ ދާއިރާއަށް ވާދަ ކުރައްވާ އެޕާޓީގެ ކެންޑިޑޭޓް އަޙްމަދު ޒައީމް ރައްޔިތުން މަޖިލިސް 2024 ބަހުސް އަށް ދިޔަމަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދީފައިވާ ކަމަށާއި އެއަމަލު ކުށްވެރިކުރާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ