logoEN
cocacola
ލެޕްޒިގް ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް

ލެޕްޒިގް ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/7/2024, 6:42:53 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު# އާރުބީ ލެޕްޒިގް

ވިނީޝިއަސް ޖޫނިއަރ ލެޕްޒިގް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސްލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރުބީ ލެޕްޒިގް އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ލެޕްޒިގް މުބާރާތުން ކަޓައިފިއެވެ.

ގޮސިޔާ

މިދެޓީމު ލެޕްޒިގް ގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑު ކާމިޔާބުކޮށްފައިވާއިރު، މިނަތީޖާއާއެކު ރެއާލް މެޑްރިޑަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުވެފައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ރެއާލް މެޑްރިޑުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ، މިހާފުގައި ލެޕްޒިގުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ލެޕްޒިގުން ނެވެ. ނަމަވެސް މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ލެޕްޒިގުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަންގޭރީ ޑިފެންޑަރު ވިލީ އޯރްބާން އެވެ. މިއީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޑޭވިޑް ރައުމް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލެޕްޒިގް ގެ ސްޕެނިޝް މިޑްފީލްޑަރު ޑެނީ އޯލްމޯ އަށް ރެއާލް މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ