logoEN
cocacola
ހެރީ ކޭންގެ ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި ލާޒިއޯ ބަލިކޮށް ބަޔާން މިއުނިކް ކުއާޓާ ފައިނަލަށް

ހެރީ ކޭންގެ ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި ލާޒިއޯ ބަލިކޮށް ބަޔާން މިއުނިކް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/6/2024, 1:30:00 AM

# ބަޔާން މިއުނިކް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު # ލާޒިއޯ

ހެރީ ކޭން ލާޒިއޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސްލީ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ލާޒިއޯ ބަލިކޮށް ބަޔާން މިއުނިކުން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މިދެ ޓީމު ލާޒިއޯގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗުން 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިވެފައިވާ އިރު، އެޓީމަށް ކުއާޓާގެ ފުރުސަތު ލިބުނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ބަޔާން މިއުނިކުން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ރަފައެލް ގުރޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ތޯމަސް މުލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ބަޔާން މިއުނިކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ހެރީ ކޭން އެވެ. މިއީ މިސީޒަނުގެ ޗެންޕިއަން ލީގުގައި ކުޅުނު 8 މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިހާފުގައި ބަޔާން މިއުނިކުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ