logoEN
cocacola

ގެބްރިއަލް މާޓިނެލީ ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ އާސެނަލް އިން ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި އެޓީމުން ވަނީ ފަސް ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް، ގެބްރިއަލް މާޓިނެލީ، ކައި ހާވަޓްޒް އަދި ޑެކްލަން ރައިސް މިއިން ކޮންމެ ކުޅުންތެރިއެއް އެއް ލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ އަނެއް ލަނޑަކީ ޝެފީލްޑް ޔުނައިޓެޑްގެ ޖޭޑަން ބޯގަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް އާސެނަލް އިން ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި 6 ވަނަ ލަނޑު، ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ބެން ވައިޓް އެވެ. މިއީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހާވަޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން އާސެނަލް އަށް 61 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.

އެއްވަނާގައި އޮތް ލިވަޕޫލަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 27 މެޗުން 62 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި މިމެޗުން ބަލިވި ޝެފީލްޑް ޔުނައިޓެޑުން ލީގުގައި ކުޅުނު 27 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ