logoEN
cocacola
ބިލްބާއޯ އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ބިލްބާއޯ އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/4/2024, 5:30:00 AM

# އެތްލެޓިކް ބިލްބާއޯ # ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ

ޕެޑްރީ އަށް އަނިޔާވެ ދަނޑުން ފައިބަނީ

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ލީގު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފިއެވެ.

ގޮސިޔާ

މިހަފްތާގައި ލީގު ތާވަލްގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ވެލެންސިއާ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ދެވަނާގައި އޮތް ޖިރޯނާ އާއި މަޔޯކާ ވާދަކުރި މެޗުން 1-0 ގެ ނަތީޖާއަކުން ޖިރޯނާ ވަނީ ބަލިވެފައެވެ. މި ނަތީޖާތަކާއި އެކު މެޗުން މޮޅުވެ ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލުމުގެ އިތުރުން ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ބާސެލޯނާ އިންނެވެ. އަދި މިހާފުގައި އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ފުރަތަަމަ ހާފުގެ 26 ވަނަ މިނެޓުގައި އެޓީމުގެ ނެދަލޭންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަށް ވަނީ އަނިޔާވެ ބަދަލުކުރަންޖެހިފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުގެ ޒުވާން މިޑްފިލްޑަރު ޕެޑްރީ އަށް ވެސް އަނިޔާވެ ބަދަލުކުރަށްޖެހުމުންނެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް މިހާފުގައި ލަނޑުޖަހާނެ މާރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުގައި ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވެގެން ބަދަލުކުރި އިރު، ބާސެލޯނާ އަށް ދެން ކުރިއަށް އޮތީ ސްޕެނިޝް ލީގުގައި، މި މަހުގެ ނުވަ ވަަނ ދުވަހު މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ދެ ވަނަ ލެގުގައި އެ ޓީމުން ނުކުންނާނީ އިޓަލީގެ ޗެންޕިއަން ނަޕޯލީއާ ދެކޮޅަށެވެ.

މިނަތީޖާއާއެކު ލީގުގައި ކުޅުނު 27 މެޗުން ބާސެލޯނާ އަށް 58 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. ދެވަނަގައި އޮތް ޖިރޯނާ އަށް 27 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު ލީގު ތާވަލްގެ އެއްވަނައިގައި 66 ޕޮއިންޓާއެކު މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން ބިލްބާއޯ އަށް 50 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ