logoEN
cocacola
ރަމަޟާން މަހުގެ އިނާޔަތު ފައިސާއާއި ރޯދަ ހަދިޔާގެ ގޮތުގައި އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 5,000 ރުފިޔާ

ރަމަޟާން މަހުގެ އިނާޔަތު ފައިސާއާއި ރޯދަ ހަދިޔާގެ ގޮތުގައި އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 5,000 ރުފިޔާ

އައިޝަތު އިފާޝާ

logo

3/2/2024, 7:05:08 AM

# އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތު ފައިސާއާއި ރޯދަ ހަދިޔާގެ ގޮތުގައި 5,000 ރުފިޔާ ދޭން އެކުންފުނިން ނިންމައިފިއެވެ.

ގޮސިޔާ

އެމްއޭސީއެލް އިން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވާ ގޮތުގައި 1445ހ ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތު ފައިސާގެ ގޮތުގައި ދެވޭ 3,000 ރުފިޔާ އެކުންފުނީގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފެއްގެ ބޭންކް އެކައުންޓަށް 4 މާރިޗު 2024 ވަނަ ދުވަހު ޖަމާކުރެވޭނެ ކަމަށެވެ.

އަދި އެކުންފުނީގެ މަސައްކަތުގެ ބާވަތުން, މުވައްޒަފުންގެ ފަރާތުން ރަމަޟާން މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް, ރަަމަޟާން މަހާއި ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2,000 ރުފިޔާ އެކުންފުނީގައި ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމް މުވައްޒަފެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް އެކުންފުނިން ނެރުނު ސަރކިއުލަރ ގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ނޯ

ދެންސަރުކާރުން ސިވިލްސާވިންޓުންނައް ދޭނީ ކޮންއިރަކުން ރޯދައެލެވެންސް 5000ރ

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ